ކެންދޫގައި ދެ ކޮޓަރީގެ އެޕާރޓްމަންޓެއް އިމާރާތްކުރުމަށް އިއުލާންކުރުން

 

ބ. ކެންދޫ ގައި 02 ކޮޓަރީގެ އެޕާރޓްމަންޓެއް ޢިމާރާތްކުރުމަށް ދެ ވަނަ ފަހަރަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ.

10 އޮގަސްޓު 2020 ގައި ކޮށްފައިވާ އިއުލާންގައި ވަނީ، ކެންދޫ ކައުންސިލް އިދާރާގެ ފަރާތުން ކަނޑައަޅާ ބިމެއްގައި އެ އިދާރާގެ ފަރާތުންދޭ މައުލޫމާތުތަކާއި އެއްގޮތަށް 02 ކޮޓަރީގެ އެޕާރޓްމަންޓެއް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން އޮންނާނީ 19 އޮގަސްޓް 2020 ވާ ބުދަ ދުވަހުއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން 31 އޮގަސްޓް 2020 ވާ ހޯމަ ދުވަހުގެ 11.00 ގައި  ކެންދޫ ކައުންސިލް އިދާރާގައެވެ.

Comments