ކޮވިޑަށް ފައްސިވީތޯ؟ ފުރަތަމަ ކަމަކަށް
އެކަލާންގެއަށް ޝުކުރުއަދާކުރައްވާށެވެ. އެއްގޮތަކައްވެސް ހާސްވެ
ކަންބޮޑުވެނުލައްވާށެވެ. ސަބަބަކީ، ތިބާ އަދިވެސް ދުނިޔޭގައި ހުރުމާއި ސިއްހަތު
ސަލާމަތުންހުރުމާއިއެކު އެކަލާންގެ އިރާދަފުޅުން އެ ބަލިން ސަލާމަތްވާނެކަމުގެ
ވަރަށްބޮޑު ޔަގީންކަމެއް އޮތުމުންނެވެ. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ފައްސިވުމުން
ހަދާނެގޮތްތަކާއި ބެހޭގޮތުން މުފްތީ މެންކް ވިދާޅުވިއެވެ.
އަދި އަންނަނިވި ކަންތައްތައް ކުރުމަށްވެސް ވިދާޅުވިއެވެ.
1. އެކަލާންގެއަށް ދުޢާކޮށް
އިސްތިޤްފާރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާށެވެ. އެހެން ނަމަވެސް، ކޮވިޑް އަށް ފައްސިވި
ކަމުގައިވިޔަސް އޯކޭއެވެ. އެއީ ދުނިޔެ(ދިރިއުޅުން) ނިމުނީކީ ނޫނެވެ. އެކަމާމެދު ހާސްވެ
ކަންބޮޑުނުވާށެވެ.
2. 500 މިލިލީޓަރުގެ ހޫނުފެނުގެ
ތެރެއަށް ތިން ތިކި ކަޅުދިރިތެޔޮ އަޅައި އާވިއަރުވާށެވެ. ރޭގަނޑު ނިދުމުގެ ކުރިން މިގޮތަށް
ހަދާށެވެ.
3. ބައި ސައިސަމުސާ ކަޅުދިރި ތެޔޮ
ދުވާލަކު ދެފަހަރު ބޯށެވެ.
4. ހޫނުފެނުން ފެންވެރުމުންނާއި
އިނގުރު ސައި ބޮއުމުން ވެސް ލުޔެއްލިބޭނެއެވެ.
5.
ނޭވަޔަށް އުނދަގޫވާނަމަ ތިން ފަހަރު މަތިން ފުއްޕާހަމެއް ފުއްޕާށެވެ.
6.
ނަމަވެސް އަލާމާތްތައް ބޮޑުވެ ގިނަ ނަމަ ޑޮކްޓަރެއްގެ ލަފާ ބޭނުންވާނެއެވެ.
އަދިވެސް ވިދާޅުވިއެވެ. އެކަމާމެދު ހާސްވެ ކަންބޮޑުނުވާށެވެ.

Comments
Post a Comment