ބ. ކެންދޫ މަޤާމްފުޅު އިހު ހުރި ގޮތަށް މަރާމާތުކޮށް އަދި
އިތުރަށް ވަރުގަދަ ކުރުމަށް ދެ ވަނަ ފަހަރަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް
ހޯދުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާޤައުމީ މަރުކަޒުން އިއުލާނުކޮށްފިއެވެ.
12 ޖުލައި 2020 ގައި ކޮށްފައިވާ
އިއުލާންގައި ވަނީ، އަންދާސީހިސާބު ހުށަހެޅުން
އޮންނާނީ 22 ޖުލައި 2020 ވާ ބުދަ ދުވަހުގެ 10:00 ގައި ސަގާފީ
ތަރިކަ ރައްކާތެރިކުރާޤައުމީ މަރުކަޒު،ޤައުމީ ދާރުލްއާސާރު އަދި ބ. ކެންދޫ ކައުންސިލްގެ
އިދާރާގައެވެ.
މަގާމްފުޅުގެ އިރުމަތީ ވަށާފާރު ވަނީ އެއްކޮށް
ވެއްޓިފައެވެ. އަދި ހުޅަނގު ވަށާފާރުގެ ބޮޑުބައެއް ވެސްވަނީ ވީރާނާވެގެން
ގޮސްފައެވެ. ހުރިހާ ފާރެއްގައި ހުރި ކުލަ ބަދަލުވެ، ފާރުތަކުގައި ލާފައިވާ
އޮލަވެސް ދުވަހެއް ދުވަހަކަށް ދަނީ ވީރާނާވެ ހަލާކުވަމުންނެވެ. ކުރީގައި
ހުރި އީޓު ފުރާޅުގެ ބޮޑުބައެއް ހަލާކުވުމާއި ގުޅިގެން، އެ ފުރާޅު ނަގައި ޓިނު
ފުރާޅަށް މިހާރުވަނީ ބަދަލުކޮށްފައެވެ.
މިއީ ރާއްޖެ އިސްލާމްކުރެއްވި ތަބްރޭޒީފާނުގެ ހަނދާނުގައި ބިނާ ކޮށްފައިވާ މަގާމްފުޅެކެވެ. އެހެންކަމުން މިއީ ގައުމީ ސަގާފީ ތަރިކައެކެވެ. އަދި ގައުމީ ތާރީހާ ގުޅިފައިވާ ވަރަށް މުހިއްމު ބިނާއެކެވެ.

Comments
Post a Comment