ކެންދޫ ހުކުރު މިސްކިތަށް ‏އިތުރުކުރެވޭ ‏ބައިގެ ‏މަސައްކަތް ‏ނިންމާލައިފި

ކެންދޫ ހުކުރު މިސްކިތުގައި އަންހެނުންނަށް ޚާއްސަކޮށްފައިވާ ބައިގެ ޖާގާގެ ދަތިކަން ދިމާވަނީ ކޮންމެ އަހަރެއްގެ ރޯދަމަހާއި ޢީދު ނަމާދު ތަކުގައެވެ. މިކަން ހައްލުކުރުމަށް އަމިއްލަ ފަރާތެއްގެ އިސްނެންގެވުމާއެކު  އެބައި ބޮޑުކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ވަނީ ފަށާފައެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެ މަސައްކަތް  ހުއްޓިފައި ހުރުމަށްފަހު، ކައުންސިލުންވަނީ އެމަސައްކަތް ހަވާލުވެފައެވެ.

 

އެގޮތުން އެހެންފަރާތަކަށް ހަވާލުކޮށް ކައުންސިލާއި ގުޅިގެން އެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. އެހެންކަމުން މިހާރު ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ. މި މަސައްކަތް ނިންމުމުގައި ހަވާލުވި ފަރާތުގެ އިތުރުން އާންމު ރައްޔިތުންގެ އެއްބާރުލުވެސް ވަނީ ލިބިފައެވެ. އެގޮތުން ބައިވެރި ހުރިހާ ފަރާތްތަކަށް އެފަރާތުން ޝުކުރު އަދާކުރެއެވެ.

 

ހަމަމިއާއެކު އަމިއްލަފަރާތަކުންވަނީ އަންހެނުންނަށް ޚާއްސަކޮށް ފާޚާނާއަކާއެކު ވުލޫކުރެވޭނެ ތަނެއްވެސް ހަދާފައެވެ.


Comments