އެފް.ސީ ރައިވަލްސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ގްލޯރިއަސް ވިކްޓަރީން ‏ހޯދައިފި

އެފް.ސީ ރައިވަލްސްގެ ފަރާތުން މި މަހުގެ 15 ން 25 ށް ބޭއްވި  "އެފް.ސީ ރައިވަލްސް ފުޓްސަލް ފިއެސްޓާ 2020"ގެ  ފައިނަލް މެޗު ކުޅުނީ މިއަދު ހަވީރު އެވެ. މި މެޗުގައި ބައްދަލުކުރީ ގްލޯރިއަސް ވިކްޓަރީ އާއި ފިފްޓީ އެއިޓް އެފް-ތްރީ އެވެ. މިމެޗް 3 - 2  ކާމިޔާބުކުރީ ގްލޯރިއަސް ވިކްޓަރީ  އެވެ.

މި މުބާރާތުގައި 11 ޓީމު ވާދަކުރި އިރު، ގްލޯރިއަސް ވިކްޓަރީ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ބީ.އެލް.ޓީ އާއި ވާދަކޮށް 8-0 ން މޮޅުވެގެންނެވެ. އަދި ފިފްޓީ އެއިޓް އެފް-ތްރީ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ކަނޑިކި އާއި ވާދަކޮށް 4-2 ން މޮޅުވެގެންނެވެ.


މިމުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ގްލޯރިއަސް ވިކްޓަރީގެ މުހައްމަދު އިޔާދު، މުހައްމަދު ޝިމާން، ޔާމިރު އަދި ބީ.އެލް.ޓީގެ އަހުމަދު އީމާޒް އަދި ފިފްޓީ އެއިޓް އެފް-ތްރީގެ މަފްރޫހް ޒާކިރުއެވެ. މީގެއިތުރުން 16 ގޯލް ޖަހައިގެން އެންމެ ގިނައިން ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގްލޯރިއަސް ވިކްޓަރީގެ އަލީ ޝާއިންއެވެ.


މިމުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ޔަންގް ޖެނެރޭޝަން އެވެ. ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ފިފްޓީ އެއިޓް އެފް-ތްރީއެވެ. 


ފޮޓޯތައް. https://www.facebook.com/Football-Club-Rivals-FCR-1690988881231804/


Comments