މިފަހަރު ކެންދޫގައި ބޮޑުއީދު ކުލަގަދަކޮށް ފާހަގަކުރަނީ

Eid Kendhoo ކެންދޫ އީދު

1441 ވަނަ އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ބ.ކެންދޫގައި "ކޭން ޑޫ އީދު އުފާ 1441" ގެ ނަމުގައި އީދު ކުޅިވަރުގެ ހަރަކާތްތައް ބާއްވަން ނިންމައިފިއެވެ. ރަށުގެ އިޖުތިމާއީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އެންމެން އެކުގައި، މި އީދު އުފާ 31 ޖުލައިން ފެށިގެން 03 އޮގަސްޓާއި ހަމައަށް ކުރިއަށް ގެންދާނެއެވެ.

އީދު އުފާގެ ތެރޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ބާއްވާ މުބާރާތް ތަކުގެ ތެރޭގައި ވާދެމުން، ވޮލީ ބޯލް، ހޭންޑް ބޯލް އަދި އޮބްސްޓިކަލް ރޭސް ފަދަ މުބާރާތްތައް ހިމެނެއެވެ. މި މުބާރާތް ތަކުގައި ބައިވެރިވުމަށް އެ ކުޅިވަރުތަކަށް ހާއްސަކުރެވިފައިވާ ބޭފުޅުންނާއި ގުޅުއްވުމަށް ކައުންސިލުން އެދެއެވެ.

23 ޖުލައި 2020 ގައި ކޮށްފައިވާ އިއުލާނާއެކީ، "ކޭން ޑޫ އީދު އުފާ 1441" ގެ ޕްރޮގްރާމް ގައިޑް ވެސްވަނީ އާއްމުކޮށްފައެވެ. އީދު ފެސްޓިވަލް އިންތިޒާމު ޓީމުން ބުނީ، ކުޅިވަރުތައް އިންތިޒާމު ކުރުމުގައި ރަށުގެ ކްލަބް ޖަމިއްޔާ އަދި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.

Posted by Secretariat of the Kendhoo Council, South, Maalhosmadulu on Thursday, July 23, 2020

Comments