އަހަރުގެ އެންމެ މާތް ދުވަސްތައް - ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް


މާތް ﷲ ވަހީކުރައްވާފައިވެއެވެ. وَالْفَجْرِ‌، وَلَيَالٍ عَشْرٍ،‌ މާނައީ: އަދި ފަޖުރުވަޤުތު، ގަންދެއްވަމެވެ. އަދި ދިހަ ރޭ  ގަންދެއްވަމެވެ.

ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

 عَنْ ابْنِ عَبَّاسٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أَنَّهُ قَالَ : ” مَا الْعَمَلُ فِي أَيَّامٍ الْعَشْرِ أَفْضَلَ مِنْهَا فِي هَذِهِ ، قَالُوا وَلَا الْجِهَادُ ، قَالَ وَلَا الْجِهَادُ ، إِلَّا رَجُلٌ خَرَجَ يُخَاطِرُ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ بِشَيْءٍ 

މާނައީ: ދުވަސްތަކުގެ ތެރެއިން އެއްވެސް ދުވަހެއްގައި މި ދިހަ ދުވަހުގައި (ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސް( ކުރެވޭ ޢަމަލުތަކަށްވުރެ މާތްވެގެންވާ ޢަމަލުތަކެއް ﷲ ޙަޟްރަތުގައި ނުވެއެވެ. ދެން ޞަހާބީ ބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲގެ މަގުގައި ޖިޙާދުކުރުންވެސް ތޯއެވެ؟ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ޖިޙާދުކުރުންވެސް މެއެވެ. އެއީ އެމީހެއްގެ ނަފްސާއި މުދަލާއި އެކު ޖިޙާދަށް ނުކުމެ އޭގެން އެއްވެސް އެއްޗަކާއިގެން އެނބުރި ނައިމީހާ ފިޔަވައެވެ.

މި އަހަރު ޙައްޖު މަސް ފެށެނީ މާދަމާ (22 ޖުލައި 2020 ވާ ބުދަ ދުވަސް) އެވެ.

މި ދުވަސްތަކުގައި ކުރެވިދާނެ ބައެއް އަޅުކަންތައް.

1. އަރަފާތް ދުވަހުގެ ރޯދަ ހިފުން (30 ޖުލައި)

2. ތަހުލީލާ ތަކުބީރާއި ތަހްމީދުން ﷲ މަތިން ޛިކުރު ކުރުން

3. ސުންނަތް ނަމާދުތަކާއި ހެޔޮޢަމަލު ގިނަކުރުން

4. އުޟްޙިޔާ ކަތިލުން


ނޯޓް: މި އަހަރު އުޟްޙިޔާ ކަތިލަން ބޭނުންވާ ބޭފުޅުން "އަޤީޤާ މޯލްޑިވްސް/ބަކަރި ކަތިލުން" ފޭސްބުކް ޕޭޖަށް/ލިންކަށް  https://www.facebook.com/AqeeqahMv/ ޒިޔާރަތްކޮށް އިތުރު މައުލޫމާތު ހޯއްދަވާ.

Comments