ޖޭ.ކޭ ލޮކްޑައުން ‏ވޮލީ ‏މުބާރާތުގެ ‏ޗެމްޕިއަންކަން ‏ޑީ.އެސް.އާރ.ސީ އި‏ން ‏ހޯދައިފި

ޖޭ.ކޭ ލޮކްޑައުން ވޮލީމުބާރާތުގެ ފައިނަލް މެޗު ކުޅުނީ 10 ޖުލައި 2020 ވީ ހުކުރު ދުވަހު ހަވީރު އެވެ. އެ މެޗުގައި ބައްދަލުކުރީ ޑަބްލިއު.ބީ އާއި ޑީ.އެސް.އާރ.ސީ  އެވެ. 3 ސެޓު 0 ސެޓުން މެޗު ކާމިޔާބުކުރީ  ޑީ.އެސް.އާރ.ސީ  އެވެ.

މި މުބާރާތަކީ ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. 5 ޓީމެއް ބައިވެރިވެގެން ހަފުތާއަކަށް ދެމިގެންދިޔަ މި މުބާރާތުގެ ސަބަބުން ޒުވާނުންގެ މެދުގައި ވޮލީބޯޅައިގެ ރޫހު އިތުރަށް އާލާވެގެންދިޔައެވެ.

Comments