ޖުލައި މަހު 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް ފިއެސްޓާގެ ގުރުނަގައިފި


އެފް.ސީ ރައިވަލްސްގެ ފަރާތުން މި މަހު 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެފް.ސީ ރައިވަލްސް ފުޓްސަލް ފިއެސްޓާ"ގެ ގްރޫޕް ސްޓޭޖްގެ ގުރުލުން ބާއްވައިފިއެވެ. 15 ޖުލައިން 25 ޖުލައިގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފިއެސްޓާގައި ބައިވެރިވެފައި ވަނީ 11 ޓީމެވެ.

"މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ކެންދޫގައި ފުޓުބޯޅައިގެ ރޫހު ދިރުވާ އާލަކުރުން" އެފް.ސީ ރައިވަލްސްގެ މެނޭޖްމަންޓް މެންބަރު އަހުމަދު އިނާން ކިޔައިދިނެވެ.

ތިން ގްރޫޕަށް ބަހާލެވިގެން ހަވީރު ދެ މެޗް ކުޅޭގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސަބަބުން ފުޓްބޯޅައަށް އޮތް ފޯރި އިތުރު ވެގެންދާނެކަމަށް ޒުވާނުންބުނެއެވެ.


Comments