މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލުން ބާއްވަމުން ގެންދާ ފުޓްބޯޅަ
މުބާރާތް ބޭއްވުމަށް 13 ޖަނަވަރީ 2020 ގައި އިއުލާން ކުރި ނަމަވެސް، 07 ޖުލައި
2020 ގައި ކައުންސިލްގެ ރައީސް ސޮއިކުރައްވައި ނެރުނު އިއުލާނުގައި ވަނީ ކެންދޫ
ކައުންސިލްގެ މި އަހަރުގެ ފުޓްބޯޅަ މުބާރާތް ކެންސަލްކުރެވިފައިވާކަމެވެ.
މުބާރާތް ކެންސަލް ކުރަންޖެހުނީ، މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި
ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން ކަމަށެވެ. މި މުބާރާތަކީ، ކެންދޫގައި
ވަރަށް ފޯރިއާއި އެކު ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މި
އަހަރު ބާއްވަން ހަމަޖެހިފައިވާ 6 ވަނަ މުބާރާތް ކެންސަލްވުމާއި ގުޅިގެން ކެންދޫގެ ޒުވާންނުން
އެދެނީ މުބާރާތް ބޭއްވޭނެ ގޮތެއްވުމެވެ.

Comments
Post a Comment